މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓޫރިޒަމް މާކެޓިންގ އެންޑް ޕްރޮމޯޝަން ސްޓްރެޓަޖީ ވާރކްޝޮޕް- އިވެންޓް އޯގަނައިޒަރ

އިޢުލާން

ޓޫރިޒަމް މާކެޓިންގ އެންޑް ޕްރޮމޯޝަން ސްޓްރެޓަޖީ ވާރކްޝޮޕް- އިވެންޓް އޯގަނައިޒަރ

މި މިނިސްޓްރީން އިންތިޒާމުކޮށްގެން ދަރުބާރުގޭގެ ރަންނަބަނޑޭރިމާލަމުގައި، 2016 ސެޕްޓެންބަރުމަހުގެ 28 ވާ ބުދަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ޓޫރިޒަމް ޑެސްޓިނޭޝަން ޕްރޮމޯޝަން އެންޑް މާކެޓިންގ ވާރކްޝޮޕް" ގެ ކަންތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން ވާރކްޝޮޕުގެ ސެޓަޕް ހަދައި، ކޭޓަރކޮށް ކަންތައްތައް އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

27 ޛުލްޤަޢިދާ 1437

30 އޮގަސްޓް 2016
ހޯދާ