ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ބެލެހެއްޓުމަށް އިންޖިނިއަރިންގ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ކޮންސަލްޓަންޓެއް ހޯދަން

އިޢުލާން

ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ބެލެހެއްޓުމަށް އިންޖިނިއަރިންގ ކޮންސަލްޓެންސީ މަސައްކަތް ކުރުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ.

މި އޮތޯރިޓީން އެކިއެކި ރަށްރަށުގައި ކުރިއަށްގެންދާ ފީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ބެލެހެއްޓުމަށް އިންޖިނިއަރިންގ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)221-AF/221/2016/19 (10 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން، މިމަސައްކަތް ކުރިއަށް ގެންދެވޭވަރަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

އެއް އަހަރުދުވަހުގެ މުއްދަތަށް މި އޮތޯރިޓީން ކުރިޔަށްގެންދާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ބެލެހެއްޓުމަށް އިންޖިނިއަރިންގ ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 19 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މިއޮތޯރިޓީއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 6724-300 އަށް ރަސްމީ ގަޑީގައި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

25 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ