ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ރެޖިސްޓްރަރ

މަޤާމް :ޑެޕިއުޓީ ރެޖިސްޓްރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑެޕިއުޓީ ރެޖިސްޓްރަރ

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު  10,582/19 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4,335/22 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ސްޕައިން ޕޮއިންޓް:

35

މަޤާމުގެ ޝަރުޠުތައް:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 7 ގެ ބެޗެލަރ ޑިގްރީއަށްފަހު، ދަސްވެފައިވާ ތިއަރީތަކާއި އުސޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަކުރުމަށްޓަކައި، މަދުވެގެން 2 އަހަރުދުވަހުގެ، މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ލެވެލް 5/6 ގެ ޑިޕްލޮމާއެއް ހޯދުމަށްފަހު، ޚާއްޞަ ދާއިރާއިން ޓެކްނިކަލް ނުވަތަ އިދާރީ ހުނަރާއި ޢިލްމުގެ، މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޯސްތަކާއި ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިވެ އިސްނެގުން. މިކަމުގެ ތެރޭގައި ސިސްޓަމް ޑިޒައިންކުރުމާއި، ބެކަޕް މަސައްކަތްކުރުން ކަށަވަރުކުރުމާއި، ޑޮކިޔުމެންޓްކުރުމާއި، އަޕްޑޭޓް ކުރުން ހިމެނެއެވެ.
  • ޔުނިވަރސިޓީގެ ކޮމިއުނިޓީއަށް، ދަރިވަރުންގެ މަޢުލޫމާތު ބަލަހައްޓާ ނިޒާމާބެހޭ ކަންކަމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.
  • ކޯސްތަކާއި އެކަޑެމިކް ކަންތައްތަކާ ގުޅިގެން ހަމަޖެހިފައިވާ ގަވާއިދުތަކާއި ސިޔާސަތުތައް ތަންފީޒުކުރުން. މި މަސައްކަތުގެ ތެރޭގައި، ދަރިވަރުންގެ އެކަޑެމިކް ސްޓޭންޑިންގ ބެލުމާއި، ދަރިވަރުން ވެއްދުމާއި، ވަކިކުރުމާއި، އެއް ޓާމުން އަނެއް ޓާމަށް ދަރިވަރުން ކުރިއަށްޖެއްސުން ހިމެނެއެވެ.
  • ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލުމާއި، އެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި، ތަމްރީންކުރުމާއި، މައްސަލަތައް ޙައްލުކުރުމާއި، ފެންވަރު ވަޒަންކުރުމާއި، އެކަމާ ގުޅިގެން ހިއުމަން ރިސޯސް ސެކްޝަނަށް ހުށަހެޅުންތައް ހުށަހެޅުމުގައި ރެޖިސްޓްރާރގެ އިރުޝާދުގެ ދަށުން ޢަމަލުކުރުން. މުވައްޒަފުންގެ ފަރާތުން އެންމެ އެދެވޭ ޚިދްމަތް ނެރުމަށް އެ މުވައްޒަފުންގެ މަސައްކަތުގެ ރޫޙު މަތިކޮށް ހިތްވަރުދިނުމަކީ މި މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެކެވެ.
  • އެކަޑެމިކް ޓްރާންސްކްރިޕްޓް ޕްރޮސެސްކުރުމާއި، ދަސްވެނިވުމަށް ބޭނުންވާ މަޢުލޫމާތު ވިލަރެސްކުރުމާއި، ޚާއްޞަ ޕްރޮގްރާމްތަކާބެހޭ ސަނަދުތައް ތައްޔާރުކުރުމާއި، ތަފާސްހިސާބުތައް އެއްކޮށް ރިޕޯޓުތައް އެކުލަވައިލުން.
  • ދަރިވަރުންގެ ގްރޭޑްތަކާބެހޭގޮތުން މަޢުލޫމާތު އެދޭ ފަރާތްތަކަށް ފޯރުކޮށްދީ، ދަރިވަރުންގެ ރެކޯޑުތަކާ ބެހޭގޮތުން އުފެދޭ މައްސަލަތައް ޙައްލުކުރުރުމާއި ޖަވާބުދާރީވުން.
  • ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި އެންމެ އެދެވޭގޮތަށް ހިންގުމަށްޓަކައި މަސައްކަތުގެ އުސޫލުތައް އެކުލަވައިލައި، އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް، މިބައިތައް ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  • ޔުނިވަރސިޓީގެ ސިޔާސަތުތަކާއި މަޤުޞަދުތަކާއި ރޭވުންތައް ރޭވުމުގައި ބައިވެރިވެ، މިކަންކަން ހާސިލުކުރުމަށް ކުދި މަޝްރޫޢުތައް އެކުލަވައިލައި ހިންގުން.
  • އާ ޕްރޮގްރާމްތަކާއި، މިހާރު ހިންގާ ޕްރޮގްރާމްތައް ޕްރޮމޯޓުކުރުމާއި، ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގައި ޖަލްސާތަކުގައި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައި ނުވަތަ ޔުނިވަރސިޓީ ތަމްސީލުކުރުން.
  • ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތައް ހަރުދަނާކުރުމަށް އުފައްދަންޖެހޭ ސިޔާސަތުތަކާއި މަސައްކަތު އުސޫލުތައް ކަނޑައަޅާ ތަރައްޤީކުރުމުގައި ރެޖިސްޓްރާރއަށް އެހީތެރިވެދިނުން.
  • އަހަރީ ބަޖެޓް އެކުލަވައިލުމާއި، ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔަށް ކަނޑައެޅިފައިވާ ބަޖެޓް މޮނިޓަރކުރުމާއި ބެލެހެއްޓުން.
  •  ދަރިވަރުންގެ ރެކޯޑުތަކާބެހޭ ސިޔާސަތުތަކާއި އެތެރެއާއި ބޭރުގެ މަޢުލޫމާތުތައް ތަފާސްކުރުމާއި، އަހަރީ ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތުތައް ޗާޕުކުރެވޭ ފެންވަރަކަށް ގެނެސް ހުށަހެޅުން.
  • މަޤާމުގެ ހައިސިއްޔަތުން މަތީގައިވާ ކަންތައްތައް ފިޔަވައި ހަވާލުކުރެވޭ އޮފީހުގެ އެހެން މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުން ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބިވަޑައިގަންނަވާނެ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެކަން އަންގާ، ސިޓީ ފޮނުވޭނީ އިންޓަވިއު ކުރާ ފަރާތްތަކާ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އާއި 22:00 އާ ދެމެދު ދުވާލަކު 6 ގަޑިއިރު އިރުއެވެ. އަދި އެ މުވައްޒަފަކު ހޮނިހިރު ދުވަހު މަސައްކަތަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިދާރާއިން އަންގަވާ ގޮތުގެމަތިން ހާޒިރުވާން ވާނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް 3325488 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

28 އޮގަސްޓް 2016
ހޯދާ