ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ އިޢުލާން ނަންބަރު GS-183/IL/2016/17 (10 އޮގަސްޓު 2016) ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

މި ސްކޫލް 5 ކްލާސްރޫމާއި ގުދަން އަދި ސޭފްރޫމް ހިމެނޭ އިމާރާތުގެ ޓިނު ބަދަލުކޮށް، އެތެރެއާއި ބޭރުގެ ސީލިންގު ބަދަލުކުރުމާއި، 3 ޕާޓިޝަން ބަދަލުކޮށް، ދޮރާއި ދޮރުފަތް ލައި ބިތް ބައްދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. ކްލަބް ޖަމްޢިއްޔާއަކުންނަމަ އެ ޖަމްޢިއްޔާގެ ލެޓަރހެޑްގައި ލިޔެފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތައްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުނަމަ، 6800745 ނުވަތަ 7905759 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ