މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނ.ވެލިދޫގައި ގާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ މަރުކަޒު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނ.ވެލިދޫގައި ގާއިމުކޮށްފައިވާ ކުނި މެނޭޖުކުރާ މަރުކަޒު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ނ.ވެލިދޫގައި ގާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ލިޔުމަކުން ފާޅު ކުރެއްވުމުން ސޮފްޓް ކޮޕީ ފޯމެޓުގައި ބީލަން ފޮތް ލިބިވަޑައިގަންނަވާނެއެވެ. ލިޔުމުގައި ކުންފުނީގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް ލިޔެވިފައި އޮންނަންވާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3018419

ފެކްސް: 3018301

އީ މެއިލް: [email protected]

ބީލަން ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

29 އޮގަސްޓް 2016
ހޯދާ