މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން ވިޔަފާރިއާއި، ފިޝިންގ އިކްއިޕްމެންޓްގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބިންދޫކުރުމުގެ ފުރުޞަޠު ހުޅުވާލުން

އިޢުލާން

މ. މަޑުއްވަރީ ބަނދަރުގެ ހުޅަނގުދެކުނު ސަރަޙައްދުން ކޮންސްޓްރަކްޝަންސްގެ ވިޔަފާރިއާއި، ފިޝިންގ އިކްއިޕްމެންޓުގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމުގެ ފުރުޞަޠު ހުޅުވާލުން.

މ. މަޑުއްވަރީ ބަނދަރުގެ ހުޅަނގުދެކުނު ސަރަޙައްދުން އާންމު ވިޔަފާރިކުރުމަށް ހުއްދަލިބިފައިވާ 2 ބިމުގެ ތެރެއިން އުތުރަށް އޮތް 1250 އަކަފޫޓުގެ ބިމުގައި ކޮންސްޓްރަކްޝަންސްގެ މަސައްކަތްތަކާގުޅޭ ވިޔަފާރިއާއި، ފިޝިންގ އިކްއިޕްމެންޓުގެ ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ބިން ހޯދުމަށް އެދި މ. މަޑުއްވަރީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިން ހޯދުމަށް އެދި ހުށަހަޅާނީ "އިޤްތިޞާދީ ބޭނުންތަކަށް މ. މަޑުއްވަރީން ބިން ހޯދުމަށް އެދޭ ފޯމު" ންނެވެ. މިކަމަށް އެދި މި ފޯމު ހުށަހެޅޭނީ މިކަމާ ގުޅޭގޮތުން ހެދިފައިވާ އުސޫލުގައިވާ މަޢުލޫމާތު، މ. މަޑުއްވަރީ ކައުންސިލުގެ އިދާރާއަށް ދުރުވެ ލިޔުމުން ހޯދައިފައިވާ އުމުރުން 18 އަހަރުފުރިފައިވާ މ. މަޑުއްވަރީގެ ރަށްވެހިންނަށް އެކަންޏެވެ. މިކަމާގުޅޭ މަޢުލޫމާތު 2016 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 13:00 ގައި މ. މަޑުއްވަރީ ކައުންސިލުގެ އިދާރާއިން ލިބޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު، ބިން ހޯދުމަށް އެދޭ ފޯމާއި، ކަމާގުޅޭ ލިޔުންތައް ހުށަހަޅާނީ، 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 13:00 އަށް މ. މަޑުއްވަރީ ކައުންސިލުގެ އިދާރާއަށެވެ. ފޯމު ހުށަހަޅާނީ ސިޓީއުރައަކަށް ލައި ބަންދުކުރުމަށްފަހުއެވެ. ސިޓީއުރައިގެ ބޭރުގައި "ކޮންސްޓްރަކްޝަންސްގެ ވިޔަފާރިއާ، ފިޝިންގ އިކްއިޕްމެންޓުގެ ވިޔަފާރިކުރަން ބިން ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ފޯމާއެކު ހުށަހަޅަން ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހަމައަށް ހުށަނާޅާ ފަރާތްތަކުގެ ފޯމު ބާޠިލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބިން ހަވާލުކުރެވޭނީ "އިޤުތިޞާދީ ބޭނުމަށް މ. މަޑުއްވަރީން ބިން ދޫކުރާނެ އުސޫލު" ގެ 4.1، 4.2، ގެ (ހ) (ށ) (ނ) (ރ) ގައި ބަޔާންކުރާ ކަންކަމަށް ބެލުމަށްފަހު، 60 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށެވެ. 60 ޕޮއިންޓަށްވުރެ މަތިން އެއްވަރަށް ދެ ފަރާތަށް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށް ޕޮއިންޓް ލިބުނުނަމަ، އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ބިން ހަވާލުކުރާނެ ފަރާތެއް ހޮވައި ބިން ހަވާލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 އޮގަސްޓް 2016
ހޯދާ