މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޙަފުލާ އިންތިޒާމުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

3 އޮކްޓޫބަރު 2016 ގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ އެކިފަރާތްތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ޙަފުލާ އިންތިޒާމުކުރާނެ ފަރާތެއް ހޯދުމަށް

2016 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން 2016 އޮކްޓޫބަރު 3 ވާ ހޯމަދުވަހުގެ ރޭ ފަތުރުވެރިކަމުގެ ޞިނާޢަތުގެ އެކިފަރާތްތަކަށް ޙަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މި ޙަފުލާ އިންތިޒާމުކޮށް، ޘަޤާފީ ހަރަކާތްތައް ރާވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 11:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ