ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހާ ބެހޭ މަޢުލޫމާތު ހޯދުމަށް

އިޢުލާން

ގޯތިން ބޭރުގައި އިންދާފައިވާ ރުއްގަހާ ބެހޭ:

މިރަށުގެ އެއްވެސް ފަރާތަކުން، ގޯތިން ބޭރު، ރަށުގެ އެއްވެސް ސަރަޙައްދެއްގައި ރުކެއް ނުވަތަ ގަހެއް އިންދާފައިވާނަމަ، އެކަމާ ބެހޭ ތިރީގައި މިދަންނަވާ މަޢުލޫމާތު މިއަދުން ފެށިގެން ސަރުކާރު ބަންދުނޫން، 30 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށަހެޅުމަށް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

1- އިންދާފައިވާ ރުއްގަހުގެ މިލްކުވެރިކަން ސާބިތުކޮށްފައިވާ ޝަރުޢީ ލިޔުން.

2- ޝަރުޢީ ލިޔުމެއް ލިބިފައިނުވާނަމަ، ރުއްގަސް އިންދުމަށް ޒިންމާދާރު ފަރާތަކުން ދެއްވާފައިވާ ހުއްދައިގެ ކޮޕީ.

17 އޮގަސްޓް 2016
ހޯދާ