ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް

ޖީ.އެސް. 3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު

J-228786

އޮފީސް/ އިދާރާ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުގެ އިދާރާ

ސެކްޝަން

އޭ ސެކްޝަން (ކޯޕަރޭޓް އެފެއާޒް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުގެ އިދާރާ

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކައުންސިލް ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް ހަވާލުކުރުމާއި، ބައްދަލުވުންތައް އިންތިޒާމު ކުރުން.
  2. ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، މެމްބަރުންނަށް ފޮނުވުމާއި، ފާސްކުރެވޭ ޔައުމިއްޔާ ފައިލްކޮށް ބެލެހެއްޓުން.
  3. ކައުންސިލުގެ އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ އެންމެހައި ލިޔެ ކިޔުންތައް ޒިންމާދާރުވެރިޔާގެ ލަފައާއި އިރުޝާދުގެމަތިން ތައްޔާރުކޮށް ގަވާއިދާ އެއްގޮތަށް އެމަސައްކަތްތައް ކުރުން.
  4. ކައުންސިލުގެ އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފުރިހަމަ ކުރުމާއި، މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފުރިހަމަކުރުން.
  5. ރަށަށް ވަޑައިގަންނަވާ ވަފުދުތަކާއި، އެކިއެކި ބޭފުޅުން ކައުންސިލާ ބައްދަލު ކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  6. ކައުންސިލުގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރައްވާނަމަ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ސެކްޝަން/ ޔުނިޓުން ފޮނުވަންޖެހޭ ސިޓީ، މެސެޖު ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
  9. އިދާރާއަށް ޒިޔާރަތްކުރާ ޢިއްޒަތްތެރިންނަށް މަރުޙަބާ ދެންނެވުމާއި، މެހުމާންދާރީ އަދާކުރުމުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  10. ކައުންސިލުގެ އިދާރާއިން ބައިވެރިވާ ނުވަތަ ބައިވެރިކުރާ މުބާރާތްތަކުގެ އިދާރީ މަސައްކަތް ކުރުވުމާއި ބެލެހެއްޓުމުގެ އިތުރުން ކައުންސިލުގެ އިދާރާއިން ފާހަގަކުރާ ދުވަސްތަކުގެ އިދާރީ އެންމެހައި ކަންތައް ބެލެހެއްޓުން.
  11. މީގެ އިތުރުން ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން އިދާރާގެ ވެރިން އަންގަވާ ކަންތައްތައް ކުރުމާއި، އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.
  12. ވަޒީފާ ބަޔާނުން ލާޒިމްކުރާ އެންމެހައި ކަންތައްތައް ރޭވުމާއި، ހިންގުމާއި ތަރައްޤީކޮށް ބެލެހެއްޓުން.
  13. މި އިދާރާ ހުޅުވައިލައްޕަންޖެހޭ ޙާލަތްތަކުގައި އެކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލު ކުރަން ފަށްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން ތިރީގައި މިދަންނަވާ ކަންކަމަށް ބެލޭނެއެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2016 ސެޕްޓެންބަރު 1 އާއި 2016 ސެޕްޓެންބަރު 6 އާ ދެމެދު ހދ.ނައިވާދޫ ކައުންސިލުގެ އިދާރާގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުގެ އިދާރާއަށް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ލިޔެކިޔުންތައް ހުށަހެޅުން. 

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ އަދި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މި އިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާ ތަމްރީނު ދެނަގަތުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6520039 ފޯނާއެވެ. ފެކްސް ނަންބަރަކީ 6520039 އެވެ. އީމެއިލް ކުރައްވާނީ  [email protected] އެޑްރެހަށެވެ.

15 ޛުލްޤަޢިދާ 1437 

18 އޮގަސްޓް 2016
ހޯދާ