އޮޅުވެލިފުށި ސްކޫލް
ދިވެހިރާއްޖެ
ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޅ. އޮޅުވެލިފުށި ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް:

އަމިއްލަ ތަކެތީގައި، މި ސްކޫލުގެ 3 ފާރު، 5 ފޫޓަށް ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 11:00

2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6620832 ނަންބަރު ފޯނާއެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ