އޮޅުވެލިފުށި ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:                          އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:                     1                   

ވަޒީފާ އޮތް އޮފީސް:                   ޅ.އޮޅުވެލިފުށީ ސްކޫލް / ޅ. އޮޅުވެލިފުށި

ގިންތި:                          ދާއިމީ   

ރޭންކް:                          ޖީ.އެސް 4 (ޖެނެރަލް ސަރވިސް 4)

ކްލެސިފިކޭޝަން:                    އޮފިސަރ ގްރޭޑް 2

މުސާރަ:                         މަހަކު -/5020 (ފަސްހާސް ވިހި) ރުފިޔާ

ސަރވިސް އެލަވަންސް:                މަހަކު -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް:                ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         ޅ. އޮޅުވެލިފުށީ ސްކޫލް / އެކަޑެމިކް ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ދަރިވަރުން ލައިބްރަރީއަށް އައުމުގެ ކުރިން ފޮތްތައް ތަރުތީބުކޮށް ހެދުން.
  • ލައިބްރަރީގެ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  • ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުމާއި ގެނައުމަށް ފޮތެއް ހަދައި، ފޮތް ދޫކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.
  • ދަރިވަރުންނަށް ދޫކުރެވޭ ފޮތްތަކުގެ ރެކޯޑު ބަލަހައްޓައި، ހަލާކުވާ ފޮތާއި، ގެއްލުވާލާ ފޮތްތަކުގެ ބަދަލު ހޯދުން.
  • ލައިބްރަރީއަށް ބޭނުންވާ ދާއިރާތަކުގެ ފޮތްތައް ބަލައި، އިތުރަށް ބޭނުންވާ ފޮތްތައް ހޯދުމަށް އޮފީހަށް ހުށަހެޅުން.
  • ލައިބްރަރީގައި ދަރިވަރުން ފޮތްކިޔަން ތިބޭނޭ ރަނގަޅު އިންތިޒާމެއް ޤާއިމުކުރުން.
  • ލައިބްރަރީގެ ސާފުތާހިރުކަން ބަލަހައްޓައި، އެކަންތައް ދަރިވަރުންނާއި މުވައްޒަފުންނަށް ހިއްސާކުރުން.
  • ލައިބްރަރީގައި ތަފާތު ލިޔުންތަކުގެ ބޯޑުތައް ބަހައްޓައި، މީހުން ޝައުޤުވެރިވާ ތަނަކަށް ހެދުން.
  • ކޮންމެ 2 ހަފުތާއަކުން 1 ފަހަރު ހަލާކުވެފައިހުރި ފޮތްތައް ބަލައި ލައިބްރަރީ ސްޓޮކުން ފޮތްތައް އުނިކުރުން.
  • ލައިބްރަރީ ފޮތްތައް ކެޓްލޮގް ކޮށްފައި ބެހެއްޓުން.
  • ސްކޫލުގެ އޮފީހާ ގުޅިގެން، ކޮންމެ ތަޢުލީމީ އަހަރެއް ފެށުމާއި ނިމުމާ ދެމެދު ލައިބްރަރީދުވަހެއް ފާހަގަކުރުން.
  • ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމުގައި ސްކޫލުގެ އޮފީހަށް ޚިޔާލު ހުށަހެޅުން.
  • ލައިބްރަރީގެ އިންވެންޓްރީ ތަޢުލީމީ އަހަރު ނިމުމުގެ 15 ދުވަސް ކުރިން ނަގައި ސްކޫލުގެ އޮފީހަށް ހުށަހެޅުން.
  • ކޮންމެ އަހަރެއްގެވެސް ސްކޫލް ބަޖެޓުގައި ހިމެނުމަށް، ލައިބްރަރީއަށް އަލަށް ބޭނުންވާ ތަކެތީގެ ލިސްޓު، ޖޫންމަހުގެ ސްކޫލުގެ އޮފީހަށް ހުށަހެޅުން. ހަލާކުވި ފޮތާއި އަލަށް ލިބުނުފޮތް އެނގޭނޭގޮތަށް ލިސްޓު ހުށަހެޅުން.
  • ލައިބްރަރީގައި ސްކޫލުގެ ފަރާތުން ބާއްވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • ލެންޑިންގ އަދި ރިޓަޔަރިންގ ހުރިހާ މަސައްކަތެއް ކުރުން.
  • އޯވަރޑިއު ފައިސާ ބަލައިގަތުން. އަދި ހަފުތާއަކު އެއްފަހަރު ބަޖެޓް ސެކްޝަނަށް ފައިސާ ހަވާލުކުރުން.
  • އަލަށް ލިބޭ ފޮތްތަކާއި ހަވާލުވުމަށްފަހު، އެފޮތްތަކަށް ގަނޑުލައްވައި އިންވެންޓްރީގައި ލިޔުއްވުން.
  • ލައިބްރަރީ ބަންދުކޮށްފައި ދުރުވާއިރު ހޮޅިބުރިތަކާއި ފަންކާތައް ނިއްވާލައި، ދޮރުތަކުގެ ތަންޑުތައް ޗެކްކުރުން.
  • ލައިބްރަރީއަށް ދާ ދަރިވަރުންނާއި، މުވައްޒަފުން ލައިބްރަރީގައި ހުންނަ ފޮތްތަކަށް ގެއްލުމެއް ވާކަހަލަ ކަމެއް ކުރިކަން އެނގިއްޖެނަމަ، ގަވާއިދުން ފިޔަވަޅު އަޅައި، ސްކޫލުގެ އޮފީހަށް އެންގުން.
  • ލައިބްރަރީގައި ހުންނަ ފޮތްތައް ގިނަދުވަހަށް ދެމިހުންނާނޭ ގޮތްތައް ހޯދައި އެކަންތައްތައް ކުރުން.
  • މަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސްކޫލުގެ ވެރިންނާ ވާހަކަ ދައްކައިގެން ހައްލުކުރުން.
  • މަދަރުސާގެ ވެރިންނާއި، ބެލެނިވެރިންނާއި، މުދައްރިސުންނަށް އިޙުތިރާމާއި ޤަދަރުކުރުން.    
  • މަދަރުސާގެ ރައްކައުތެރިކަމާއި، ފަރުނީޗަރުތަކާއި، ތަކެތީގެ ރައްކައުތެރިކަމަށް ވިސްނައިގެން މަސައްކަތްކުރުން.
  • ވަޒީފާގެގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން. އަދި ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުން.
  • މަދަރުސާގެ ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ވަޒީފާގެ މަސައްކަތުުގައި ގިނަވަގުތު ހޭދަކުރުން.
  • މަދަރުސާގެ ރަސްމީ ގަޑިތަކުގައާއި ނުރަސްމީ ދުވަސްތަކުގައި މަދަރުސާއިން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ހާޒިރުވުމާއި، އިޖުތިމާޢީ މަސައްކަތްތަކާއި، މަސައްކަތުދުވަސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާއި، މަދަރުސާގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
  • ސްކޫލުގެ މަޤްޞަދުތައް ހާސިލުކުރުމުގައި، ސްކޫލުން ކުރަންޖެހޭ ކަންތައްތަކުގައި، ސްކޫލާ އެއްބާރުލުން ދިނުން.
  • ސްކޫލުގައި ބޭއްވޭ އެކިއެކި މުނާސަބަތުތަކަށް ސްކޫލް ތައްޔާރުކުރުން ފަދަ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތް ހަވާލުކުރެވިއްޖެނަމަ، ވެރިން އަންގަވާ ގޮތެއްގެ މަތިން އެކަމެއް ކުރުން.
  • އަމިއްލަ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • މީގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

01- ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރަށް ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

1- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަރވިއުކޮށްގެން.

2- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ތަޢުލީމީ ނަތީޖާއަށް ބަލައި މާކްސް ދިނުން. (އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލައި MQA އިން އެކްރެޑިޓް ކޮށްފައިވާ ޤައުމީ ސަނަދުތަކުގެ ސެޓުފިކެޓުތަކަށް)

3- ވަޒީފާއަށް ކުރިމަތިލީ ފަރާތްތައް ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.

4- ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު ބެލުން.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 31 އޮގަސްޓު 2016 ގައި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ލިބިވަޑައިގަންނަވާނީ އޮޅުވެލިފުށި ސްކޫލުގެ އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް .

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، ޅ. އޮޅުވެލިފުށީ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ މެންދުރު 12:00 އެވެ.   

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޔު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޅ.އޮޅުވެލިފުށީ ސްކޫލުގެ ނަންބަރު 6620832 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ