އޮޅުވެލިފުށި ސްކޫލް
ދިވެހިރާއްޖެ
ކައުންސިލަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:                         ކައުންސިލަރ 

ބޭނުންވާ އަދަދު:                    1

ވަޒީފާ އޮތް އޮފީސް:                  ޅ.އޮޅުވެލިފުށީ ސްކޫލް / ޅ.އޮޅުވެލިފުށި

ގިންތި:                         ދާއިމީ   

ރޭންކް:                         އެމް. އެސް. 1 (ސީނިއަރ އޮފިސަރ ގްރޭޑް 1)

ކްލެސިފިކޭޝަން:                    ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                         މަހަކު -/5610 (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:                މަހަކު -/2000 (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:                ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         ޅ.އޮޅުވެލިފުށީ ސްކޫލް / އެކަޑެމިކް ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ކައުންސިލިންގ ދިނުމުގެ ގޮތުން ހަފުތާގެ ޕްލޭން ރާވައި މަސައްކަތުގެ ތާވަލް ހެދުން.
  • ކްލާސްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް މަހަކު އެއްފަހަރު ކައުންސިލިންގ ދިނުން.
  • ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ބަލައި ކައުންސިލިންގ ދިނުން.
  • ކުލާސްތަކުގެ ކުލާސްޓީޗަރުން ހުށަހަޅާ ދަރިވަރުންގެ މައްސަލަތައް ބަލައި ކައުންސިލިންގ ދިނުން.
  • ކިޔެވުމުގެ ފެންވަރު ދަށް ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކައުންސިލިންގ ދިނުން.
  • ސްކޫލުގެ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ހިންގުން.
  • ކްލާސްތަކުގެ ދަރިވަރުންގެ ކައުންސިލިންގ ރިޕޯޓް ހަފުތާއަކު އެއްފަހަރު ސްޕަވައިޒަރަށް ހުށަހެޅުން.
  • ކައުންސިލިންގ ދެވޭ ދަރިވަރުންގެ ރެކޯޑުތައް، (ކުލާސްތައް ވަކިވަކިން) ބެލެހެއްޓުން.
  • ކައުންސިލިންގ ދެވޭ ބެލެނިވެރިންގެ ރެކޯޑުތައް ބެލެހެއްޓުން.
  • ޤައުމީ އަދި ސަރަހައްދީ ފެންވަރުގައި ބޭއްވޭ ކައުންސިލިންގ ޕްރޮގުރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު އިތުރުކުރުން.
  • ކައުންސިލިންގ ދިނުމުގައި ވެރިންނާއި، ބެލެނިވެރިންނާއި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދުން.
  • ދަރިވަރުންގެ އަޚުލާޤީ މައްސަލަތަކުގައި ޓީޗަރުންނަށް އެހީތެރިކަންދިނުން.
  • މީގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

1- ފެންވަރު ނުވަތަ ޝަރުޠު:

  1. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސިލިންގގެ މަސައްކަތުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  • މަޤާމުގެ ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ޖީ. އެސް 4 އިން ނުވަތަ ޖީ. އެސް 3 އިން ޝަރުޠު ހަމަވާ ފަރާތަކާއި އިންޓަރވިއުކުރެވި، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

1- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަރވިއުކޮށްގެން.

2- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ތަޢުލީމީ ނަތީޖާއަށް ބަލައި މާކްސް ދިނުން. (އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލައި MQA އިން އެކްރެޑިޓް ކޮށްފައިވާ ސަނަދުތަކުގެ ސެޓުފިކެޓުތަކަށް)

3- ވަޒީފާއަށް ކުރިމަތިލީ ފަރާތްތައް ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.

4- ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު ބެލުން.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 28 އޮގަސްޓު 2016 ގައި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ލިބިވަޑައިގަންނަވާނީ، އޮޅުވެލިފުށީ ސްކޫލުގެ އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ، ނުވަތަ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، ޅ. އޮޅުވެލިފުށީ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ މެންދުރު 12:00 އެވެ.   

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޔު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޅ.އޮޅުވެލިފުށީ ސްކޫލުގެ ނަންބަރު 6620832 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1437

22 އޮގަސްޓް 2016
ހޯދާ