މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު ސްޓޯރ ކުއްޔަށް ދިނުން

އިޢުލާން

މ. އަތޮޅު ސްޓޯރު ކުއްޔަށް ދިނުން

އަތޮޅު ރައްޔިތުންގެ ޢިމާރާތެއް ކަމުގައިވާ މ. އަތޮޅު ސްޓޯރު ހިންގި ޢިމާރާތާއި ގުދަން، އެތަނުގައިހުރި ބޭނުންކުރެވޭ މުދަލާއެކު 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މިކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 23 ވާ ބުރާސްފަތިދުވަހުގެ 11:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 11:15 އަށް މި އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ