ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް

އިޢުލާން

ހދ. ކުމުންދޫ ބަނދަރުގެ އިރުމަތީފަރާތުން ދަނޑު ހެއްދުމަށް ބިން ކުއްޔަށް ދޫކުރުމާބެހޭ:

ހދ. ކުމުންދޫ ބަނދަރުގެ އިރުމަތީ ފަރާތުން ދަނޑުވެރިކަން ކުރުމަށް 27،570 (ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ) އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދަންނަވާ ދުވަސްތަކާއި ގަޑިތަކުގައި މަޢުލޫމާތު ސާފުކުރުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނީ އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެންނެވެ. އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅާނީ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6520034 ފޯނަށެވެ.

 

ތާރީޚާއި ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

25 އޮގަސްޓު 2016 (ބުރާސްފަތި)

13:00

ކުމުންދޫ ކައުންސިލުގެ އިދާރާ

ޕްރޮޕޯޒަލް ހުށަހެޅުން

31 އޮގަސްޓު 2016 (ބުދަ)

13:00

ކުމުންދޫ ކައުންސިލުގެ އިދާރާ

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016
ހޯދާ