މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ބ. ދަރަވަންދޫ ހާބަރުގެ ހުޅަނގުބިމުގައި ވިޔަފާރި ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން:

ބ. ދަރަވަންދޫ ބަނދަރުގެ ހުޅަނގުގައިވާ ހުސްބިމުން 20 ފޫޓު ފުޅާ އަދި 30 ފޫޓު ދިގު ޖުމުލަ: 600 (ހަސަތޭކަ) އަކަފޫޓުގެ 5 ބިން 15 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކުރިން ކުރެވުނު ނަންބަރު (IUL)318-PRO/318/2015/59 އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ދިނުމާއި ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ އިދާރާގައެވެ.

މަޢުލޫމާތުދިނުން

2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 11:00

ޕްރޮޕޯޒަލްތައް ބަލައިގަތުން

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

15 އޮގަސްޓް 2016
ހޯދާ