މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ބޭނުންވާ އަދަދު: 01

މަޤާމުގެ ރޭންކް: ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު: J-227269

އޮފީސް / އިދާރާ: މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާ

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާ

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:  މަހަކު -/1500 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. އޮފީހަށް ވަންނަ އެންމެހާ ފައިސާ ބަލައިގަތުމާއި، ދުވަހުން ދުވަހަށް ތިޖޫރީ ބަލަހައްޓާ ބޭފުޅަކާ ހަވާލުކުރުން.

2. ފައިސާއާބެހޭ އެންމެހާ ލިޔުންތައް ގަވާއިދާ އެއްގޮތަށް ލިޔެ ބެލެހެއްޓުން.

3. އޮފީހުން ކުރަންޖެހޭ ޚަރަދުތައް އޮފީސް ހިންގަވަން ހުންނެވި ވެރިއެއްގެ ހުއްދަ ލިބުމަށްފަހު ގަވާއިދާ އެއްގޮތަށް ކުރުން.

4. އޮފީހުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާއާއި އެކިއެކި ފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ އެ ފަރާތްތަކަށް ރައްދުކުރުމުގެ އެންމެހާ ކަންތައް ގަވާއިދާ އެއްގޮތަށް ކުރުން.

5. މުވައްޒަފުންނަށް މުސާރަދިނުމާއި އެކިއެކި އެލަވަންސްތަކާއި އިތުރުގަޑީގެ ފައިސާއާއި، މުވައްޒަފުންގެ ޙައިޘިއްޔަތުން ދޭންވާ އެހެނިހެންވެސް ފައިސާ ކޮންމެ މީލާދީމަހެއްގެ ރަސްމީ އެންމެ ފަހު ދެދުވަހުންކުރެ ދުވަހެއްގައި ދިނުން.

6. އެކިއެކި ފަރާތްތަކަށް ފައިސާއިން ދޭންޖެހޭ ބަދަލު ގަވާއިދުން ހަވާލުކުރުން.

7. އޮފީހުގެ ރުއްގަހުގައި ހުންނަ ތަކެތި ވިއްކުމާއި އެއިން ލިބޭ ފައިސާ ގަވާއިދުން ލިޔެ ބެލެހެއްޓުން.

8. ފައިސާގެ ރިޕޯޓްތައް މަހުންމަހަށް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

9. ކުރެވުނު ޚަރަދާއި ލިބުނު ފައިސާގެ ތަފުސީލު ދުވަހުން ދުވަހަށް ޔައުމިއްޔާއަށް ދިނުން.

10. ކޮންމެ މަހެއްގެ މުސާރަޝީޓުތަކާއި މުވައްޒަފުން އިތުރުގަޑީގައި ކުރާ މަސައްކަތުގެ ރިޕޯޓާއި އެހެނިހެންވެސް ފައިސާ ލިބެންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 17 ގެ ކުރިން ވައުޗަރު ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން ކައުންސިލަރުންނާއި ޒިންމާދާރުވެރިޔާގެ އިތުރުން މުވައްޒަފުގެ    ކަންތައް ބެލެހެއްޓުމާ ހަވާލުވެހުންނެވި ވެރިޔަކު އަންގަވާ ކަމެއްކުރުން    

12. އެކިފަރާތްތަކުން ލިބެންޖެހޭ ފައިސާ ގަވާއިދުން ނުދައްކާ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނަސް، ސެކްޝަނުގެ ހެޑަށް އެކަން ރިޕޯޓްކުރުން.

13. ކޮންމެ އަހަރެއްގެ ރަމަޟާންމަހު، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ފިޠުރުޒަކާތާއި ފަޤީރުންނާއި މިސްކީނުންގެ ލިސްޓު ނަގައި، ޒަކާތް ބެހުމާއި، މުދަލުޒަކާތާއި ފިތުރުޒަކާތާބެހޭ އެންމެހައި ކަންތައް ބެލެހެއްޓުން.       

14. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހައި ކަންތައްތައް ތަރައްޤީކުރުމާއި، ރޭވުމާއި، ހިންގުމާއި، ބެލެހެއްޓުމުގެ އިތުރުން  އެހީތެރިވެދިނުން.

15. މި އިދާރާ ހުޅުވައި ލައްޕަންޖެހޭ ޙާލަތްތަކުގައި އެކަންކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި ތަމްރީނު.

2 - މަސައްކަތުގެ ތަޖުރިބާ.

3 - އިންޓަރވިއު.

4 - ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.

5 - ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

އިންޓަރވިއުއާއި، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާގައެވެ. އިންޓަރވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 5 ދުވަހުގެ ތެރޭގައެވެ. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] ، ފެކްސް ނަންބަރަކީ، 6645377 އެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1 - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2 - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3 - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެއްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުން)

5- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ސީ.ވީ

8– މަޤާމަށް އެދި ހުށަޅާ ފޯމުގެ ބޭރުފުށުގައި އިޢުލާން ނަންބަރު ލިޔެލާފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6645377 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6645377 އެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ