ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ސްކޫލުގެ ގޯތިތެރޭގައި ހިނގޭނެގޮތަށް ދުވާރު އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކުނަހަންދޫ ސްކޫލުގެ ގޯތިތެރޭގައި ހިނގޭނެގޮތަށް ދުވާރު އަޅައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުގެ ނަންބަރު GS-184/IUL/2016/23 (1 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.

މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް ސްކޫލުގެ ގޯތިތެރޭގައި ދުވާރެއް އަޅަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 11:30 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 11:30 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެ ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ ނަންބަރު 6800744 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ