ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

ޑިރެކްޓަރ

ކްލެސިފިކޭޝަން:

ޑިރެކްޓަރ، EX 2  

ބޭނުންވާ އަދަދު:

1

އަސާސީ މުސާރަ:

-/11,475 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • އިންވެސްޓިގޭޝަން އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާއެކު، މިމުއްދަތުގެ ތެރޭގައި ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ނުވަތަ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާކަމާއެކު ބަލައި ތަޙުޤީޤުކުރުމާއި ކޮމިޝަނުގެ ލަފާގެމަތިން މައްސަލަތަކާގުޅޭ ރިޕޯޓު ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
  2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ކޮމިޝަނުން ޢަމަލުކުރަން ފެންނަ ގޮތުގެ ޤާނޫނީ ލަފާ ދިނުން.
  3. ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނަށް މަޝްވަރާ ދިނުމާއި، ކޮމިޝަންގެ މަސައްކަތަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  4. ކޮމިޝަނުން ދޭ ލަފާގެ މަތިން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރުން.
  5. ކޮމިޝަނުން ބަލާ މައްސަލަތަކުގައި އެހެނިހެން މުއައްސަސާތަކުން ހޯދަންޖެހޭ ލިޔެކިޔުން އެތަންތަނުން ހޯދުން.
  6. ކޮމިޝަނުގެ މަޤްޞަދުތައް ހާސިލުކުރުމުގެ ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ދިރާސާ ރިޕޯޓް ތައްޔާރު ކުރުން.
  7. ތަޙުޤީޤުކުރުމުގައި އިންވެސްޓިގޭޓަރުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ދިނުމާއި، ތަޙުޤީޤުތައް ކުރިއަށް ދަނީ އަވަސްކަމާއެކުކަން ކަށަވަރުކޮށް ކޭސްތަކުގެ ސްޓޭޓަސް ކޮމިޝަނާ ހިއްސާކުރުން.
  8. ތަޙުޤީޤުކުރެވޭ މައްސަލަތައް ކުރިއަށްދާގޮތާއި، މައްސަލަތަކުގެ މަޢުލޫމާތާއި، ރިކޯޑު ބެލެހެއްޓުން.
  9. ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ރައްކާތެރިކަމާއެކު ތަރުތީބުން ފައިލްކޮށް ބެލެހެއްޓޭކަން ކަށަވަރު ކުރުން.
  10. މިމަޤާމަށް ރިޕޯޓްކުރަންޖެހޭ މުވައްޒަފުން ސުޕަވައިޒްކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ދޭންޖެހޭ ލަފާއާއި އެހީތެރިކަން ދިނުމާއެކު އެމުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލް ހެދުން.
  11. ކޮމިޝަނުން ތަރުޖަމާކުރަންޖެހޭ ލިޔެކިޔުން އިނގިރޭސިބަހުން ދިވެހިބަހަށް، އަދި ދިވެހިބަހުން އިނގިރޭސިބަހަށް ތަރުޖަމާކުރުން.
  12. ކޮމިޝަނުގެ ފަރާތުން ޝަރުޢީ ކޯޓެއްގައި ނުވަތަ އެހެންވެސް އެފަދަ މުއައްސަސާއެއްގައި، ވަކާލާތުކުރަންޖެހޭ ޙާލަތުގައި އެމައްސަލައެއްގައި ކޮމިޝަނުގެ ދިފާޢުގައި ވަކާލާތު ކުރުން.

މަޤާމު:

ކޭސް އިންވެސްޓިގޭޓަރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2، އެމް. އެސް 1

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/6700 ރުފިޔާ

ލިވިންގ އެލަވަންސް:

-/4000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • އިންވެސްޓިގޭޝަން އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މި މަޤާމުގެ މަސައްކަތަށް ޤާބިލު މީހެއްކަން ސާބިތުކޮށްދިނުމާއެކު، ތަޙުޤީޤުކުރުމާ ގުޅޭ ދާއިރާއަކުން ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 4 ނުވަތަ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތައް ބަލައި ތަޙްޤީގުކޮށް މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
  2. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތަކާ ގުޅިގެން ކޮމްޕްލެއިންސް ކޮމިޓީން ހިންގާ އިބްތިދާއީ ތަޙުޤީޤާ ގުޅޭ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.
  3. ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މައްސަލަތަކުގައި މީހުން ހާޒިރުކޮށް، ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާން ނަގައި، ބަޔާން ތައްޔާރުކޮށް، އެބަޔާންތަކުގައި ސޮއިކުރުވުން.
  4. ތަޙުޤީގުކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާއި މައްސަލަތަކުގެ ރިކޯޑާއި މަޢުލޫމާތުތައް ބެލެހެއްޓުން.
  5. ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ ލިޔުންތަކާއި އެހެނިހެން ހެކި ތަންފީޒީ އިދާރާތަކަށް ގޮސްގެންނާއި، ލިޔެކިޔުން މެދުވެރިކޮށް ހޯދުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު

- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މި ސެޓުފިކެޓުތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް

ސުންގަޑި:

  • މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އޮގަސްޓު 23 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ.
  • މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝަރުޠު ހަމަވެ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ 10 ފަރާތަކަށެވެ.
  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުމާއި ޓެސްޓް ދިނުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 24 އާއި 2016 އޮގަސްޓު 31 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ