މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު

މުނިސިޕަލް ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު

1

ރޭންކު

އެމް.އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު-/2000 ރުފިޔާ

އޮފީސް / އިދާރާ

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލުގެ އިދާރާ

ސެކްޝަން

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް (A ސެކްޝަން)

ވަޒީފާ އަދާކުރަންޖެހޭތަން

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލުގެ އިދާރާ / ބ. ހިތާދޫ

އުޖޫރައާއި އިނާޔައްތައް

އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. އޮފީސް ހުޅުވައި ލެއްޕުން.

2. ވިހާ، މަރުވާ އާބެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

3. ރަށުތެރެ ސާފުކުރުމާބެހޭ ކަންތަކާއި، ރަށުފެންވަރުގައި ކުނި ނައްތާލުމުގެ ކަންތައްތައް ބެލެހެއްޓުން.

4. ހުކުރުނަމާދާއި، ޢީދުނަމާދު ކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

5. އުފަންދުވަހުގެ ސެޓުފިކެޓާއި އުފަންވާމީހުންގެ ރަޖިސްޓަރީ ބެލެހެއްޓުން.

6. އިމްޕޯޓު ހުއްދަ ދޫކުރުމާއި، ސަލާމަތީ ސެޓުފިކެޓާއި، ސާފުތާހިރުކަމުގެ ސެޓުފިކެޓު ދޫކުރުމުގެ ކަންތައް ބެލެހެއްޓުން.

7. ލިބޭ މެސެޖް ސިޓީފަދަ ތަކެތި އެންޓްރީކޮށް ސެކްޝަންތަކަށް ހަވާލުކުރުން.

8. ދުވަހުން ދުވަހަށް، މަހުން މަހަށް ފޮނުވަންޖެހޭ ވިހާ، މަރުވާއާ ބެހޭ ރިޕޯޓުތައް މުއްދަތަށް ފޮނުވުން.

9. ފައިލް ކުރުން.

10. ގޯތިގޯއްޗާއި މަގުމަގަށް އަރާ ރުއްގަހާބެހޭ ކަންތައްތައް ބެލެހެއްޓުން.

11. ހުށަހެޅޭ މައްސަލަތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.

12. މީގެ އިތުރުން އެވަގުތު އޮފީސް ހިންގުމާ ހަވާލުވެލައްވައިގެން ހުންނެވި ވެރިއަކު އަންގަވާ ކަންތައްތައްކުރުން.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ   ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ   ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ   ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުން ހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު       
  2. ލިބިފައިވާ ތަޖުރިބާ
  3. އިންޓަރވިއު

އިންޓަރވިއު ކުރުން

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އަދި ގަޑި، އިންޓަރވިއު ބާއްވާ ދުވަހުގެ 2 ދުވަސް ކުރިން ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް މި އިދާރާއިން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

2016 އޮގަސްޓު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލުގެ އިދާރާއަށެވެ. މިމަޤާމަށް އެދެންވާނީ ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު (އެޕްލިކޭޝަންފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސްކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv އިން ލިބެން ހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަންފޯމާއެކުގައިވާ)

3- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، އެކްރިޑެޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

6- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6600007 ފޯނާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

6 ޛުލްޤަޢިދާ 1437

09 އޮގަސްޓް 2016
ހޯދާ