ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގޮނޑި ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލަށް ތިރީގައި މިދަންނަވާ އަދަދަށް ގޮނޑި ގަންނަން ބޭނުންވެއެވެ.

400 ޕްލާސްޓިކް ގޮނޑި (އަތްގަނޑު ނުލާ)

20 އަތްގަނޑުލީ ގޮނޑި (ޕްލާސްޓިކު ނޫން، ރަސްމިއްޔާތުތަކަށް އެކަށީގެންވާ)

ވީމާ، މި ތަކެތި ފޯރުކޮށްދޭން އެދޭ (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

09 އޮގަސްޓް 2016
ހޯދާ