ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ 5 ކްލާސްރޫމާއި ގުދަން އަދި ސޭފްރޫމް ހިމެނޭ އިމާރާތުގެ ޓިނު ބަދަލުކޮށް އެތެރޭގެ ސީލިންގު ބަދަލުކުރުމާއި، 3 ޕާޓިޝަން ބަދަލުކޮށް ދޮރާއި ދޮރުފަތްލައި ބިތް ބައްދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. ކްލަބް ޖަމްޢިއްޔާއަކުންނަމަ އެ ޖަމްޢިއްޔާގެ ލެޓަރހެޑްގައި ލިޔެފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތައްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުނަމަ، 6800745 ނުވަތަ 7905759 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

7 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016
ހޯދާ