އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ބިން ކުއްޔަށް ދޫކުރުމާ ބެހޭ:

ތިރީގައި މި ދަންނަވާ ބިންތައް 10 (ދިހައެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން، 2016 އޮގަސްޓު 18 ވަނަދުވަހުގެ 10:30 ގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 23 ވަނަދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ، މި އިދާރާއިން ދޫކުރާ ބިޑްފޯމު މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.   

2016 އޮގަސްޓު 18 ވަނަދުވަހު ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބިޑްފޯމު ދޫކުރެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. ޕޮއިންޓް ދޭނެ އުސޫލު ބިޑްފޯމުގައި ހިމެނިފައިވާނެއެވެ.

ބިންތަކުގެ މަޢުލޫމާތު

#

ބިން އޮތްތަން/ ސަރަޙައްދު

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ބިމުގައި ކުރެވޭ މަސައްކަތް

1

ދެކުނު ބަނދަރުގެ އިރުމަތީ ބެޑު

2

416 އަކަފޫޓު

ވަޑާންގެ، ވާރކްޝޮޕް ހެދުން

2

ދެކުނު ބަނދަރުގެ އިރުމަތީ ބެޑު

3

416 އަކަފޫޓު

ވަޑާންގެ، ވާރކްޝޮޕް ހެދުން

3

ދެކުނު ބަނދަރުގެ އިރުމަތީ ބެޑު

4

416 އަކަފޫޓު

ގުދަން، ގަރާޖު ހެދުން

02 އޮގަސްޓް 2016
ހޯދާ