މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޑޭޓަރ އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:         ޑޭޓާ އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު:  1

ފެންވަރު ނުވަތަ ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ، ޑޭޓަބޭސް އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

  2. ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން. (މި ދާއިރާއިން ތަމްރީނު ލިބި ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓް 18 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މި މަޤާމުގެ ވަޒީފާ ބަޔާން މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސްއިޓްސް (6 ވަނަ ފަންގިފިލާ)

ހަވީރީ ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: 1441

ފެކްސް: 3307759

04 އޮގަސްޓް 2016
ހޯދާ