މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗު، އަދި ލެވެލިންގގެ މަސައްކަތްކުރުމަށް

އިޢުލާން

ސްޕޯޓްސް އެރީނާގެ ފުޓްސަލްދަނޑު އެޅުމާބެހޭ

ށ. ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސަލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗު، އަދި ލެވެލިންގގެ މަސައްކަތްކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އޮގަސްޓު 11 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:00 ގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 17 ވާ ބުދަދުވަހުގެ މެންދުރުފަހުގ 1:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލުގެ ނާއިބުރައީސް ޢަލީ ޝަހީމް 9756575 އާ ގުޅުއްވުން އެދެމެވެ.

29 ޝައްވާލް 1437

03 އޮގަސްޓް 2016
ހޯދާ