ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ވަށާފާރު ރާނައި ސިމެންތިޖަހައިދޭނޭ ފަރާތެއް ހޯދަން

އިޢުލާން                    

މިމަދަރުސާގެ ދަރިވަރުންނަށް ކިޔަވައިދިނުމާ ގުޅޭ އިތުރު ޙަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި މަދަރުސާއަށް އިތުރުކުރެވިފައިވާ ބިމުގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައި ސިމެންތިޖަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 9 ވާ އާދީއްތަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން 13:00 އަށް މި ސްކޫލުން ލިބެން ހުންނާނެއެވެ.

އަންދާސީހިސާބަށް މާކްސް ދެވޭނެ މިންގަނޑުތައް:

ދާއިރާ

މާކްސް ދެވޭނެގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

80%

ޚިދުމަތުގެ އަގަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate Percentage

މުއްދަތު

10%

މުއްދަތަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of day)x Allocate percentage

ތަޖުރިބާ

10%

ތަޖުރިބާއަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަޖުރިބާ ތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ.

(Benchmark Term/Submitted Term)x Allocate percentage

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ