ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ނަންބަރު: (IUL)264/PRIV/2016/32 (27 ޖޫން 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިރަށުގެ ބައެއް މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބޭނުންވެއެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 އޮގަސްޓު 7 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 14 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6520043 ފޯނާ ގުޅުއްވުން އެދެމެވެ.

01 އޮގަސްޓް 2016
ހޯދާ