ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކުލެފިކޭޝަން:

އޮފިސަރ ގުރޭޑް 2

މަޤާމުގެ ނަންބަރު:

J-269140

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް

ސެކްޝަން/ ޔުނިޓް:

ކޯޕަރޭޓް އެފެއާރޒު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1. ހިއުމަން  ރިސޯސް  މެނޭޖުމަންޓުގެ  ދާއިރާއިން  ނުވަތަ  އެޑްމިނިސްޓްރޭޝަން  މެނޭޖުމަންޓުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ހިއުމަން  ރިސޯސް  މެނޭޖުމަންޓުގެ  ދާއިރާއިން  ނުވަތަ  އެޑްމިނިސްޓްރޭޝަން  މެނޭޖުމަންޓުގެ  ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން. ނުވަތަ؛

2. މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "އީ"  ގުރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކަންޑްރީ  ސުކޫލް  ސެޓުފިކެޓު  އިމްތިޙާނުގައި  "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގުރޭޑް ލިބިފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖުމަންޓުގެ ދާއިރާއިން ނުވަތަ އެޑްމިނިސްޓްރޭޝަން މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ރަށު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ކައުންސިލަރުންނާއި، މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ހެދުމާއި، މަހުން މަހަށް ހަދަންޖެހޭ ހާޒިރީ ރިޕޯޓުތައް ހަދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

2. ރަށު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ކައުންސިލަރުންނާއި، މިސްކިތްތަކުގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ރިޕޯޓުތައް ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

3. ކައުންސެލިންގ ދިނުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަށް ކުރުމާއި، އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ކަމާގުޅޭ ދާއިރާތަކުން އަންގާ އެންގުންތަކާ އެއްގޮތަށް ކައުންސެލިންގ ދިނުމަށްޓަކައި އިންތިޒާމްތައް ހަމަޖެއްސުން.

4. އެކިއެކި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. އެގޮތުން ކާރިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ޕްލޭންތައް ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ތައްޔާރުކުރުމާއި، އެކަމާ ގުޅޭ އެންމެހައި މަޢުލޫމާތު، ކައުންސިލާއި ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.

5. މިސްކިތްތަކުގެ މުވައްޒަފުންގެ އިތުރުގަޑީ ހާޒިރީއާއި މިސްކިތު ހާޒިރީ، ސުޕަވައިޒަރުގެ މަސްވަރާގެމަތީން ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، އެކަމާގުޅިގެން ފޮނުވަންޖެހޭ އެންމެހައި ލިޔެކިއުންތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވުން.

6. މިސްކިތްތަކުގެ އިމާމުންނާއި، މުދިމުންނާއި، މަސައްކަތު މީހުންނަށް އަންގަންޖެހޭ އެންމެހައި އެންގުންތައް، ސުޕަވައިޒަރުގެ މަސްވަރާގެމަތީން އެންގުން.

7. މިސްކިތްތަކުގެ އިމާމުންނާއި، މުދިމުންނާއި، މަސައްކަތުމީހުން ގަވައިދުތަކާ ޚިލާފުވާނަމަ ނުވަތަ ފަރުވާކުޑަވާނަމަ، އެކަމާގުޅިގެން ސުޕަވައިޒަރުގެ މަޝްވަރާގެމަތީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުމާއެކު، އެ މުވައްޒަފަކަށް އަޅަންޖެހޭ ފިޔަވަޅުތަށް ގަވާއިދުން އެޅުން.

8. ކައުންސިލްގެ އެންމެހައި ބައްދަލުވުންތަކާއި ޖަލްސާތައް ޒިންމާދާރުވެރިޔާގެ ލަފާގެމަތިން އިންތިޒާމްކުރުމާއި، ޔައުމިއްޔާތައް ލިޔުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

9. ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ބައްދަލުވުމުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.

10. ޔުނިޓަށް ބޭނުންވާ އެންމެހައި ތަކެތި، ކަމާގުޅޭ މުވައްޒަފުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ހޯދުން.

11. ކަނޑައެޅިފައިވާ ތާރީޚުތަކަށް ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް ހަދައި، ލިޔެ ނިންމުން.

12. ޔުނިޓުގައި ހުންނަ ނިމިފައިވާ މައްސަލަތައް ފައިލްކުރުން.

13. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ކައުންސިލް އިދާރާއިން އަންގާ އެކިއެކި މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، 24 ގަޑިއިރުގެ ކުރިން، ލިޔުމުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު، 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500016 ނަންބަރު ފޯނާއެވެ. ގުޅާނީ، ރަސްމީގަޑީގައެވެ. ފެކްސް ނަންބަރަކީ، 6500016 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

16 ޝައްވާލް 1437

21 ޖުލައި 2016
ހޯދާ