ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާއެއް މާރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަށް ހުށަހެޅުމުގެ ދަޢުވަތު:

މި ސްކޫލުގައި މުވައްޒަފުންގެ ފާޚާނާއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު އިޢުލާނު ނަންބަރު GS-183/IL/2016/13 (3 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ލ. ހިތަދޫ ސްކޫލުގައި މުވައްޒަފުންގެ ފާޚާނާއެއް މާރާމާތުކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ލ. ހިތަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 12:30 އަށް ލ. ހިތަދޫ ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނަމަ، ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. ކްލަބް ޖަމުޢިއްޔާއަކުންނަމަ، އެ ޖަމުޢިއްޔާގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުނަމަ، ނަންބަރު 6800745 ނުވަތަ 7905759 ފޯނާ ގުޅުއްވުން އެދެމެވެ.

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ