މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަނެތި ގަވާއިދާ ޚިލާފަށް ބިން ބޭނުންކުރުމާ ބެހޭ

އިޢުލާން

ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް ދުވާފަރުގެ ބިމުގައި އެކިއެކި ބޭނުންތަކަށް ޢިމާރާތްކޮށް ހަދާފައިވާ ތަންތަނާއި، ދުވާފަރުގެ ހޭޅިފަށުގައި ބަހައްޓާފައިހުރި އެކިބާވަތުގެ ތަކެއްޗާއި، ދުވާފަރުގެ ޗަސްބިމުގެ ސަރަޙައްދާއި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުގެ ބިމުގައި ބަހައްޓާފައިހުރި އެކިބާވަތުގެ މުދާތަކާއި ޢިމާރާތްކޮށްފައިވާ ތަންތަނާއި، ރުއްގަސް ފަދަ ތަކެތި 2016 ޖުލައި 21 ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަގައި ބިންތައް ހުސްކުރުމަށް އެފަރާތްތަކަށް އަންގަމެވެ.

މިމުއްދަތުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އަޅާފައިހުރި ތަންތަނާއި ތަކެތި ނަގައި، ބިން ހުސްނުކުރާ ފަރާތްތަކާމެދު އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދެވޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް މިކަމުގެ ސަބަބުން ލިބިދާނެ މާލީ އަދި އެނޫންވެސް ގެއްލުމަކަށް މި އިދާރާއިން ޒިންމާނުވާނެކަމުގައިވެސް އަންގަމެވެ.     

އެހެންކަމުން، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ