ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

މި ހޮސްޕިޓަލްގެ ނަންބަރު (IUL)GAAH-HR/2016/27 ، 14 ޖުލައި 2016 ގައި ކުރެވުނު އިޢުލާނުގައި ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އިޢުލާން ތައްޔާރުކުރުމުގައި ބަލަންޖެހޭ ކަންތައްތައް ފުރިހަމަނުވާތީ، މި ބައިތައް އިޞްލާޙުކޮށް އަލުން އިޢުލާން ކުރެވޭ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ގއ.އަތޮޅު ހޮސްޕިޓަލުގެ ދަށުން ހިނގަމުންގެންދާ ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01(އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ.ގެމަނަފުށީ ޞިއްޙީމަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަރުކަޒުގެ ބޭނުންތަކަށް އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖް ފަދަ ތަކެތި، އޮފީހުން އަންގަވާ ތަންތަނަށް ގެންގޮސްދިނުން.
  • މަރުކަޒުގެ އިމާރާތާއި ގޯތިތެރެ ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
  • ހިފައި ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރުޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

އަސާސީ ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

އިނާޔަތްތައް

  • ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/25 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގއ.ގެމަނަފުށީ ޞިއްޙީމަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން ލިޔުމުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6824755 އެވެ.

20 ޖުލައި 2016
ހޯދާ