ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޓަޗް ސްކްރީން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ދިވެހިރާއްޖޭގެ ހައިކޯޓަށް 15 އިންޗިއާއި 23 އިންޗިއާ ދެމެދު 14 ޓަޗް ސްކްރީން (All-in-one Touch Screen) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)95-PM/1/2016/49 އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ ބިޑުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހައިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/50_bid_info_sheet._all_in_one_tuch_screen.pdf އިން ލިބެންހުރި މަޢުލޫމާތާ އެއްގޮތަށް، 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހައިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ.

08 ޝައްވާލް 1437

13 ޖުލައި 2016
ހޯދާ