ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ

މި ސްކޫލުގެ 2016 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2016 އޮގަސްޓު 02 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ