ދިވެހިރާއްޖެ
އިޢުލާން
މިރަށު މަސްޖިދުއްތަޤުވާގެ މިހުރާބުގޭގެ ދެފަރާތުގައި އެލްމެނިއަމް 4 ކަނީގެ ދެދޮރު ހަރުކުރުމާއި, މުންނާރު މަރާމާތުކުރުމާއި, ވޯކްވޭގައި ޖަހާފައިވާ މުށި ނަގައި އަލުން އައުޓްޑޯ މުށި ޖެހުމަށް ބޭނުންވެއްޖެ:
ސުރުޚީގައި ދެންނެވިފައިވާ މަސައްކަތްތައް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އިދާރާއަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އުނގޫފާރު ކައުންސިލްގެ އިދާރާގައި 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 12:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުންނަމަ ތަމުސީލުކުރަނީ ކޮން ކުންފުންޏަކުންކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓިއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު މަސްޖިދުއްތަޤުވާގައި ކުރަން ހުރި މަސައްކަތްތަކާ ބެހޭ ޕްރޮޕޯޒަލް" މިހެންލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6580118 ފޯނާ ގުޅުއްވުން އެދެމެވެ.
06 ޝައްވާލް 1437