ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:       

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް: GS3

ކޯޓް:

ހައިކޯޓު

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:            

މަހަކު -/1،500 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2،850 ރުފިޔާ

ޖުޑީޝަލް އެލަވަންސް:

އަސާސީ މުސާރައިގެ % 45 (މަހަކު)

މަޤާމުގެ  ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ސެކްޝަނަށް އަންނަ ތަކެތި ލިބުމުން، ވެރިއެއްގެ ލަފަޔާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެޅުނު ފިޔަވަޅު އެންޓްރީގައި ރެކޯޑް ކުރުން.

2. ކޮންމެ ދުވަހަކު އެ ދުވަހަކު ބާއްވަވަން ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހުގެ ޝެޑިޔުލް ތައްޔާރުކޮށް، އަޕްލޯޑްކޮށް، އެ ލިބެންވާ ފަރާތްތަކަށް ހެނދުނު ހެނދުނާ ރައްދުކުރުން. 

3. ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވެގެންނާއި މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކާބެހޭ އެންމެހައި މަސައްކަތް ކުރުމާއި، ޝަކުވާތަކުގެ ރެކޯޑް ބެލެހެއްޓުން.

4. ސެކްޝަނުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި ނޯޓު ފަދަ ތަކެތި ލިޔެ އޮފީސްތަކަށް ފޮނުވުން.

5. ސެކްޝަނުގެ ލިއެކިއުންތައް ތަރުތީބުކޮށް ބެލެހެއްޓުން.

6. ސެކްޝަނުގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

މަޤާމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  ހައިކޯޓުގެ www. highcourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓުފިކެޓެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާނަމަ ހުށަހަޅާނީ، ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)

3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭނޭ އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)

7. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)

8. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން.

9. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ވަޒީފާއިން ވަކިކޮށްދޭނެކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)  

10. ކޯސް ނިމި ސެޓުފިކެޓު ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސްކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓުފިކެޓު ލިބުމުން އެފަރާތެއްގެ ސެޓުފިކެޓު ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.

ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %30

- ލިބިފައިވާ ތަޖުރިބާ: % 10

- ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު: %50

- މަސައްކަތަށް ބޭނުންވާ ހުނަރު (ދެވޭ ޓެސްޓް) % 10

ސުންގަޑި:

2016 ޖުލައި 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ޝައްވާލް 1437

10 ޖުލައި 2016
ހޯދާ