ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ

އިޢުލާން

އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ

މި ސްކޫލުގެ 2015 ވަނައަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS53/2016/18 ( 27 ޖޫން 2016 ) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެ ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤަނޫނު ނަންބަރު 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:30 ށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ރަމަޟާން 1437

05 ޖުލައި 2016
ހޯދާ