މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އެސިސްޓަންޓް ހިއުމަންރިސޯސް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް:

ހިއުމަން ރިސޯސް ޔުނިޓް

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3

ވަޒީފާގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 27 ޑިސެންބަރު 2016 ގެ ނިޔަލަށް.

 

މަޤާމުގެ ޝަރުޠު:

1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ޔުނިޓަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި، ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ފައިލްކުރުން.

- ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފާ ހަވާލުކުރުން.

- އެޗް. އާރް. ސިސްޓަމަށް އަޕްޑޭޓްކޮށް ބެލެހެއްޓުން (މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ވަޒީފާ ޗިޓް، ސަލާމް، ޗުއްޓީ، ރަސްމީ ދަތުރުތަކާބެހޭ އެންމެހައި ރެކޯޑްތައް ސިސްޓަމަށް އެޅުން)

- މަޤާމެއް އުފައްދަން ނުވަތަ އުވާލަން ޖެހިއްޖެނަމަ، އެކަމުގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

- މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމާއި، ކޮންމެ އަހަރަކު އަހަރީ ޗުއްޓީ ކަލަންޑަރު ތައްޔާރުކުރުން.

- އެސް.އޭ.ޕީގެ އެންޓްރީ މޮޑިއުލްގެ މަސައްކަތްކުރުން.

- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ބެލެހެއްޓުން.

- މަހުން މަހަށް މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.

- ސިވިލް ސަރވިސް ކޮމިޝަނަށް ފޮވަންޖެހޭ އަހަރީ ރިޕޯޓް ތައްޔާރުކޮށް އެ ކޮމިޝަނަށް ފޮނުވުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި، ސަރވިސް އެލަވަންސާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް.

 

 

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ހިއުމަން ރިސޯސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. އެސް.އޭޕީ އެޗް.އާރ މޮޑިއުލްގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

3. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

5. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

6. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

7. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއްކަމުގައިވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމާއި،  ސީވީ  ފޯމު،  މި  މިނިސްޓްރީގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް،  2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް (ވެލާނާގޭގެ، 5 ވަނަ ފަންގިފިލާ) ހުށަހެޅުން އެދެން.

 

އިންޓަވިއު:

- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރަން ހަމަޖެހިފައިވަނީ، ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.

- އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން، އިންޓަވިއުއަށް ހާޒިރުވާންވީ ވަގުތު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި މިނިސްޓްރީގެ 3022200 ނަންބަރު ފޯނަށް ނުވަތަ 3022225 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

24 ރަމަޟާން 1437

29 ޖޫން 2016
ހޯދާ