ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑިއުކޭޝަން ޑެވެލޮޕްމަންޓް ކޮންސަލްޓަންޓް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް، އެޑިއުކޭޝަން ޑެވެލޮޕްމަންޓް ކޮންސަލްޓަންޓެއް ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މި ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އަންދާސީހިސާބު ހުށަހެޅުން
2016 ޖުލައި 10 ވަނަ ދުވަހުގެ 10:00 2016 ޖުލައި 14 ވަނަ ދުވަހުގެ 10:00

މަޢުލޫމާތު ސާފުކުރަން އޮންނަ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މައުލޫމާތު ބޭނުންފުޅު ވެލައްވާނަމަ، ޓެލެފޯނު ނަންބަރު 3022106 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ