ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުދަނޑުތަކުގެ ބިން ސާފުކޮށް ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދަން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ މިދަންނަވާ ކުޅިވަރުދަނޑުތަކުގެ ބިން ސާފުކޮށް ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1- ފުޓްބޯޅަދަނޑު

2- ވޮލީކޯޓު

3- ބާސްކެޓްކޯޓު

4- ނެޓްބޯލްކޯޓު

5- ބަށިކޯޓު

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ޖުލައި 13 ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންނަވަމެވެ.

27 ޖޫން 2016
ހޯދާ