ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހދ. ކުރިނބީގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 10:00

2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 10:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި "ހދ. ކުރިނބީގައި ބަށިކޯޓު އެޅުމުގެ މަސައްކަތްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް، ސިޓީއަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގައި ޕޮއިންޓުދެވޭނެ އުސޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، ތަޖުރިބާއަށް 10 ޕޮއިންޓެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ރަމަޟާން 1437

29 ޖޫން 2016
ހޯދާ