މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްއަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމް އިކްއިޕްމެންޓް ހޯދުމަށް

އިޢުލާން

މި ސަރވިސްއަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމް އިކްއިޕްމެންޓް ހޯދުމަށް:

މި ސަރވިސްއަށް ވީޑިއޯ ކޮންފަރެންސިންގެ ޚިދުމަތް ގާއިމުކުރުމަށް ބޭނުންވާ އިކްއިޕްމެންޓްތަކެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:(IUL)167-CC/PR/1/2016/27 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، މި ސަރވިސްއަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމް އިކްއިޕްމެންޓް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

10  ޖުލައި 2016

އާދިއްތަ

10:00

އަންދާސީހިސާބު ހުށަހެޅުން

17  ޖުލައި 2016

އާދިއްތަ

10:00

22 ރަމަޟާން 1437

30 ޖޫން 2016
ހޯދާ