ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮއިން ހޮވާފައިވާ ފައިބަރު މަސްބޯޓު ނީލަންކިޔުން

އިޢުލާން

އޮއިން ހޮވި ފައިބަރު މަސްބޯޓު ނީލަންކިޔުމާބެހޭ:

އޮއިން ހޮވައިފައިވާ ލަންކާ "ނިރަންޖާ ދެވިނަވަރާ" ނަމަކަށްކިޔާ، ޔަންމާ ފޯސީ އިންޖީނެއް އަޅައިފައިވާ ފައިބަރު މަސްބޯޓު ސިޓީލައި ނީލަންކިޔުން 2016 ޖޫން 28 ވާ ބުދަ ދުވަހުން ފެށިގެން ހުޅުވާލައިފީމެވެ. ނީލަމާބެހޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

1- ބޯޓުގެ ބޮޑުމިން:  ދިގު 35 ފޫޓު  ފުޅާ 10 ފޫޓު

2- ބޯޓުގެ ނީލަން ފެށޭ އަގު: -/10،000ރ (ދިހަހާސްރުފިޔާ)

3- ބޯޓުގެ ފޮޓޯ:  އިޢުލާނާއެކުގައި ވާނެއެވެ.

4- ނީލަން އަގު މަތިކުރެވޭ އެންމެ ކުޑައަގު: -/2000ރ (ދެހާސްރުފިޔާ)

5- ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހެއްގެވެސް 12:00 ގައެވެ. މިގޮތުން އެ ދުވަހެއްގައި ބޯޑަށް އެރުވޭނީ އެ ދުވަހެއްގެ 11:45 ގެ ކުރިން ހުށަހަޅާ ސިޓީތަކުގައިވާ އަގުތަކެވެ. ކަނޑައެޅިފައިވާ ގަޑީގެފަހުން ބަލައިގަންނަ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެން އަންނަ ދުވަހުގެ 12:00 ގައެވެ.

- ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. (ދެ ދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގު އަރުވާ ގަޑިން ފެށިގެން 48 ގަޑިއިރު ވުމުންނެވެ.)

6- ނީލަމުން ބޯޓު ނަގާ ފަރާތުން ނީލަން ނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމަށްފަހު ބޯޓާ ހަވާލުވެ 15 ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުން ބޭރުކުރަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

11 ރަމަޟާން 1437

16 ޖޫން 2016
ހޯދާ