މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅު އަތޮޅުލީގު – ޒަމާނީ ބަށިބޯޅަ މުބާރާތް 2016 އާންމުކޮށް ހުޅުވާލުން

އިޢުލާން

ރ. އަތޮޅު އަތޮޅުލީގު – ޒަމާނީ ބަށިބޯޅަ މުބާރާތް 2016 އާންމުކޮށް ހުޅުވާލުން:

ކޮންމެ އަހަރަކު މުޅިރާއްޖެއަށް ހުޅުވާލައިގެން، ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަންގެ ފަރާތުން ކުރިޔަށްގެންދާ އަންހެނުންގެ ޚާއްޞަ ބަށިބޯޅަ ކުޅިވަރުގެ އަތޮޅު ލީގު މުބާރާތް، ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަނާއި އުނގޫފާރު ކައުންސިލާ ގުޅިގެން މި އަހަރު ރ. އުނގޫފާރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވަނީ ރ. އަތޮޅުގެ ރަށްރަށުގެ ޓީމުތަކެވެ. އަދި މި ޓީމުތަކަށް ފައިސާގެ އިނާމުދިނުމަށް ބޭނުންފުޅުވާ ކޮންމެ ފަރާތަކަށްވެސް އިނާމު ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މިގޮތުން މުބާރާތް ފެށުމުގެ ކުރިން އުނގޫފާރު ކައުންސިލްގެ ނަންބަރު 6580118 ފޯނާ ގުޅުއްވައިގެން އިނާމު ހުށަހަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބައިވެރިވާ ޓީމުތަކުގެ ޓީމުލިސްޓު ފުރިހަމަކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު އުނގޫފާރު ކައުންސިލްގެ އީމެއިލް [email protected] ނުވަތަ ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަންގެ އީމެއިލަށް www.zaanee ފޮނުވައިދެއްވުމަށް ދަންނަވަމެވެ. މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނަންބަރު 9794199، 7970506 ފޯނާއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ރަމަޟާން 1437

26 ޖޫން 2016
ހޯދާ