ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
އެލްމެނިއަމް ދޮރާއި ދޮރުފަތް ހަރުކޮށް ތަށިމުށިޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކްލާސްރޫމްތަކުގައި އެލްމެނިއަމް ދޮރާއި ދޮރުފަތް ހަރުކޮށް، ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދުން:

މި ސްކޫލުން ދޭ މަޢުލޫމާތާއި ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ކްލާސްރޫމްތަކުގައި އެލްމެނިއަމް ދޮރާއި ދޮރުފަތް (ކުޑަދޮރު އަދި ބޮޑުދޮރު ހިމެނޭގޮތަށް) ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 ގައި.

2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 11:00 ގައި.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.

25 ރަމަޟާން 1437

30 ޖޫން 2016
ހޯދާ