ފިނޭ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމްތަކުގައި ދޮރާއި ދޮރުފަތް ހަރުކޮށްދޭނެ ފަރާތެއް

އިޢުލާން

ސްކޫލުގެ ބައު އިމާރާތުގައި ދޮރާއި ދޮރުފަތް ހަރުކުރުމާބެހޭ

ސްކޫލުން ދޭ މަޢުލޫމާތާއި ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ސްކޫލުގެ ބައު އިމާރާތުގެ ހުރިހާ ކްލާސްރޫމްތަކުގައި ދޮރާއި ދޮރުފަތް (ކުޑަދޮރު އަދި ބޮޑުދޮރު ހިމެނޭގޮތަށް) ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަހުގެ ހެނދުނު 8:00 ން 15:00 އަށް މި ސްކޫލުގެ ނަންބަރު 6520539 ފޯނާ ގުޅުއްވުން އެދެމެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

11:00

ބުރާސްފަތި

30 ޖޫން 2016

މަޢުލޫމާތު ސާފުކުރުން

11:00

ބުރާސްފަތި

14 ޖުލައި 2016

އަންދާސީހިސާބު ހުށަހެޅުއްވުން

21 ޖޫން 2016
ހޯދާ