ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
6000 އަކަފޫޓުގެ ގޯއްޗެއްގައި ހަދައިފައިހުރި ޢިމާރާތަކާއި، 2 ޗިލް ކޮންޓެއިނަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ވިލުފުށީގެ ބަނދަރުގެ އުތުރުން 6000 (ހަހާސް) އަކަފޫޓުގެ ގޯއްޗެއްގައި ހަދައިފައިހުރި ޢިމާރާތަކާއި، 2 ޗިލް ކޮންޓެއިނަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ތ. އަތޮޅުގެ ވިލުފުށި ހިމެނޭ ސަރަޙައްދަކީ ކަނޑުމަހުގެ މަސްވެރިކަން ރަނގަޅު ސަރަޙައްދަކަށްވެފައި މި ޢިމާރާތަކީ މަސް އައިސްކުރުމަށާއި، އައިސްކުރި މަހުގެ ކަލެކްޝަން ޕޮއިންޓެއް ހެދުމަށް އެކަށީގެންވާ ޢިމާރާތެއްކަމުގައި ފާހަގަކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސްރޫމުގައި އޮންނާނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުޏަކުން މަޢުލޫމާތު ސާފުކުރާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 9919166 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

10 ރަމަޟާން 1437

15 ޖޫން 2016
ހޯދާ