މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓު އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ށ. ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ނެޓްބޯޅަކޯޓު އެޅުމާބެހޭ

ށ. ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ނެޓްބޯޅަކޯޓު އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު: (IUL)281-ESMS/INDIV/2016/12 ( 30 މޭ 2016 ) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރިވާހަކަ ދެންނެވީމެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 14 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 އަށް އަންދާސީހސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހސާބު ކެނޑުމާއި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލުގެ ނާއިބުރައީސް ޢަލީ ޝަހީމް 9756575 އާ ގުޅުއްވުން އެދެމެވެ.

09 ރަމަޟާން 1437

14 ޖޫން 2016
ހޯދާ