އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އއ. މާޅޮހު ފުޓުބޯޅަދަނޑުގެ ހުޅަނގުދެކުނުން ފުޓުސަލްދަނޑު އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމާ ބެހޭ:

މިރަށު ފުޓުބޯޅަދަނޑުގެ ހުޅަނގުދެކުނުން ފުޓުސަލްދަނޑު އެޅުމަށް ކަނޑައަޅާފައިވާ 14391 އަކަފޫޓުގެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި "އއ. މާޅޮހު ފުޓުބޯޅަދަނޑުގެ ހުޅަނގުދެކުނުން ބިމެއް ސާފުކުރުމާ ބެހޭ" މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖޫން 2016
ހޯދާ