މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަސައްކަތްކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/3،470 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25

- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS-1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ކޯޓަށް ހާޒިރުވާން އަންގާ ގަޑިތަކަށް ގަވާއިދުން ހާޒިރުވުން.

2- ކޯޓުގެ އިމާރާތާއި އިންވެގެންވާ މަގުތަކާއި ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، ކޯޓުގެ އިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުން އުކާލަންޖެހޭ ކުނި އުކާލުން.

3- ކޯޓުގެ އެންމެހައި މެޝިނަރީޒް ފޮޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ކޯޓުގައި ހުންނަ ގަސްތައް ކޮށައި، ފުރާޅާއި ދިޔަދޮވި ސާފުކޮށް، ވަޅުދިޔަހިއްކައި، ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް ރައްކާތެރިކަމާއެކު ސާފުބޯފެން ތާނގީއަށް އަޅައި ބެލެހެއްޓުން.

5- އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ އަމުރުތަކާއި ލިޔުންތަކާއި، އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުން.

6- ކޯޓުގެ ރަސްމީ ދިދަތައް، އެކަމަށް އޮންނަ ގަވާއިދާ އެއްގޮތަށް ނަގައި ތިރިކުރުން.

7- ކޯޓަށް ޒިޔާރަތްކުރާ މެހެމާނުންނަށް ޚިދުމަތްދިނުމަށް ކޯޓުން އަންގައިފި ހިނދެއްގައި އެ މަސައްކަތް ކުރުން.

8- ކޯޓަށް ހާޒިރުވާންޖެހޭ މީހުންނަށް ޗިޓް ހަވާލުކުރުމާއި، ސިޓީއާއި ލިޔުންފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އަތޮޅުގެ ރަށު ކޯޓްތަކަށް ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުން.

9- އިދާރީގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

10-  މީގެ އިތުރުންވެސް ކޯޓުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

1. މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ www.judiciary.gov.mv ގެ ވެބްސައިޓުން  މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

ސުންގަޑި:

2016 ޖޫން 22 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމަތު ސާފުކުރުމަށް ގުޅާނީ، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ 6608313 ނަންބަރު ފޯނަށެވެ.

8 ރަމަޟާން 1437
13 ޖޫން 2016
ހޯދާ