ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ އިމާރާތްކުރުން

އިޢުލާން

ހިނަވާގެ އިމާރާތްކުރުން

ތ.ވިލުފުށީގައި ޢިމާރާތްކުރަން ފަށާފައިވާ ހިނަވާގެ (ތަނބު ދަގަނޑުތަކާއެކު ފައުންޑޭޝަން އަޅާފައިހުރި) ޢިމާރާތުގެ ތަނބުތަކާއި ރޫފްބީމުގެ ކޮންކްރީޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް، 2016 މާރިޗު 14 ގައި ކުރި މި އިދާރާގެ ނަންބަރު (IUL)383/383/2016/32އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅައިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

މިކަމާބެހޭ މަޢުލޫތު ދިނުން، 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި މި އިދާރާގައި އޮންނާނެއެވެ. އަދި މިކަމަށް އެދި އަގު ހުށަހެޅުން، 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި މި އިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު އެކަން ސިޓީއަކުން ހުށަހަޅަންވާނެއެވެ. އަދި މައުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހަޅުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ.

މާކްސް ދެވޭނެ ތަފުސީލު

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

75%

  • މަސައްކަތުގެ ޖުމުލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް  
  • މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާ އަޅައިބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%

  • އިމާރާތްކުރުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާ އަޅައިބަލައި މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

(Submitted years of experience / Benchmark  years) x Allocated Percentage

މުއްދަތު

10%

  • މަސައްކަތްކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތްކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަށް

(Benchmark Duration / Submitted Duration) x Allocated Percentage

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ރަމަޟާން 1437

08 ޖޫން 2016
ހޯދާ