މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކޮލިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް، އިދާރާ، ސެކްޝަން:

ޅައިމަގު ކައުންސިލްގެ އިދާރާ، ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވެންސް:

މަހަކު -/1،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވައިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

 

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.   ނުވަތަ،

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހީ" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1- ރަސްމީ ދުވަސްތަކުގައި ގަޑިޔަށް އޮފީސް ހުޅުވައި ލެއްޕުން.

2- ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

3- ކޯޕަރޭޓިވް އެފެއާޒުގެ މައްސަލަ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

4- އިންވެންޓްރީ ލިޔެ ބެލެހެއްޓުން.

5- ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، ސްޓޮކް ބެލެހެއްޓުން.

6- ހަރުމުދަލުގެ ސްޓޮކް ލިޔެބެލެހެއްޓުން.

7- މުވައްޒަފުންގެ ހާޒިރީތައް ލިޔެ ބެލެހެއްޓުން.

8- ރަސްމީ ގަޑީގައި މުވައްޒަފުން ބޭރަށްދާ ފޮތް ލިޔެ ބެލެހެއްޓުން.

9- މުހިންމު ކަންތައްތަކުގެ ޔަޢުމިއްޔާ ލިޔެ ބެލެހެއްޓުން.

10- ލިބޭ ތަކެތީގެ އެންޓްރީ ލިޔެ ބެލެހެއްޓުން.

11- ކޯޕްރޭޓިވް އެފެއާޒުގެ ފައިލިންގ ސިސްޓަމް ފައިލްކޮށް ބެލެހެއްޓުން.

12- މުވައްޒަފުންގެ އިތުރުގަޑިއާއި ބަންދު ދުވަހުގެ ހާޒިރީ ބެލެހެއްޓުން.

13- މެސެޖާއި، ސިޓީއާއި، އިޢުލާން ފަދަ ތެކެތި ލިޔެ ބެލެހެއްޓުން.

14- މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ރިކޯޑްތައް ލިޔެ ބެލެހެއްޓުން.

15- ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

16- މުވައްޒަފުންގެ ރަޖިސްޓްރީތައް ލިޔެ ބެލެހެއްޓުން.

17- ޒިންމާދާރު ވެރިޔާ އަންގަވާ ގޮތެއްގެ މަތީން މުވައްޒަފުންގެ ރިކޯޑްތައް ލިޔެ ބެލެހެއްޓުން.

18- ކައުންސިލްގެ ހަރަކާތު ރިޕޯޓް ލިޔެ ބެލެހެއްޓުން.

19- ކައުންސިލްގެ އަހަރު ރިޕޯޓް ލިޔެ ބެލެހެއްޓުން.

20- މުވައްޒަފުގެ މަސައްކަތާ ގުޅޭ ލިޔެކިޔުންތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ހޯދަންބޭނުންވާ ވަގުތު ފަސޭހައިން ފެންނާނޭހެން ފައިލްކުރުމާއި، ފައިލްސިސްޓަމް ޤާއިމްކޮށް ގަވާއިދުން ބެލެހެއްޓުން.

21- ސެކްޝަނަށް ނުވަތަ މުވައްޒަފުގެ މަސައްކަތަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީނެގުމާއި، ބައިންޑްކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި، ފެކްސްކުރުމާއި، ބައެއްކަހަލަ ލިޔުންތައް ފޯމެޓްކޮށް ބެލެހެއްޓުން.

22- ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަންކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ތަޢުލީމާއި ތަމްރީނު

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

4- މި މަޤާމަށް މުވައްޒަފެއް ހޮވުމުގައި އެޑްމިން ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އަދާކުރަމުންދާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސައޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ޖޫން 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، މި އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ލިޔެފައިވާ ތަކެތި، ޅައިމަގު ކައުންސިލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6540051 ނަންބަރު ފޯނާއެވެ.

7 ރަމަޟާން 1437

12 ޖޫން 2016
ހޯދާ